ކުރިއަށް މިއޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. ރަމަޟާން މަހަށް ގޭތެރޭގެ ސާމާނުތައް އައު ކޮށްލުމަކީ ނުވަތަ އައު ސާމާނު ގަތުމަކީ ދިވެހިންގެ އާދަކާދައަކަށް އޮންނަނީ ވެފައި އެވެ.
އެގޮތުން ރޯދަ މަހަށް އެންމެ ގިނައިން ގަންނަ އިލެކްޓްރޯނިކް އާލާތަކަށް ވެގެންދަނީ އެއަރ ކޮންޑިޝަނަރ ނުވަތަ ކުރުކޮށް ކިޔާ ނަމަ އޭސީ އެވެ.
އޭސީއެއް ގަންނަން ވިސްނާނަމަ ދާންވީ ރަށްދެބައި މަގުގައި ހުންނަ ނޮބެލް އިލެކްޓްރޯނިކްސް ފިހާރަ އަށެވެ. އެ ފިހާރައިގާ އޭސީ ހުރީ ހާއްސަ އަގުތަކެއްގައި އެވެ. އަދި ގަތުމުން ބްރެކެޓާއި ހޮޅި ހިލޭ ލިބޭއިރު އެއް އަހަރު ދުވަހުގެ ސާވިސް ވޮރަންޓީ އާއި އައުޓްޑޯ ޔުނިޓަށް ފަސް އަހަރު ދުވަހުގެ ވޮރެންޓީ ލިބެ އެވެ.
"މި އޭސީން ވަރަށް އަވަހަށް ފިނިކޮށްދޭނެ، މި ބްރޭންޑަކީ ދުބާއީގެ މޮޅު ބްރޭންޑެއް، މި ބްރޭންޑްގެ ކޮންމެ ޕްރޮޑަކްޓެއްވެސް އުފައްދާފައިވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުން ކޮށްގެން" ނޮބެލް ފިހާރައިން މައުލޫމާތު ދެ އެވެ.
އެ ފިހާރައިން މައުލޫމާތު ދޭގޮތުގައި މި އޭސީ އަކީ ކަރަންޓުގެ ހަރަދު ކުޑަ، އިންވާޓަރ ޓެކްނޮލޮޖީ އެކުލެވޭ އަދި އާންމު އޭސީ ތަކަށްވުރެ އަވަހަށް މާހައުލު ފިނިކޮށްދޭނެ އޭސީ އެކެވެ.
9000 ބީޓީޔޫ އޭސީއެއްގެ އަގަކީ ހަމަ އެންމެ 5995 ރުފިޔާ އެވެ. 12000 ބީޓީޔޫ އޭސީއެއްގެ އަގަކީ ހަމަ އެންމެ 6995 ރުފިޔާ އެވެ.
ނޮބެލް އިން ގަންނަ އޭސީ މާލޭގެ ކޮންމެ ސަރަހައްދަކަށްވެސް ޑެލިވާ ކޮށްދެ އެވެ. އަދި ރަށްރަށުން ގަންނަ ނަމަ ދޯންޏާއި ހަމައަށް ޑެލިވަރ ކޮށްދެ އެވެ.
ރަށްދެބައިމަގުގައި ހުންނަ ނޮބެލް ފިހާރަ ހާއްސަ ވަނީ ނޮބެލް ބްރޭންޑަށެވެ. ނޮބެލް އަކީ ރާއްޖޭގެ މާކެޓްގައި ހުރި އެންމެ އަގުހެޔޮ އަދި އެންމެ ކޮލިޓީ ރަނގަޅު އިލެކްޓްރޯނިކް ބްރޭންޑް ކަމުގައި އެ ފިހާރައިން ހާމަކުރެ އެވެ. އެންމެ ތަފާތު ވާނީ އަގު ކަމަށާއި އަޖުމަ ބަލާލައިފި ނަމަ އަގާއި ކޮލިޓީގެ ތަފާތު ފެނިގެން ދާނެ ކަމުގައިވެސް އެ ފިހާރައިން ހާމަކުރެ އެވެ.
އެ ފިހާރައިގާ ނޮބެލް ބްރޭންޑްގެ އިލެކްޓްރޯނިކްސްގެ ގިނަ ބާވަތްތަކެއް އަންނަނީ ވިއްކަމުންނެވެ. ރޯދަމަހަށް ބޭނުންވާ އިލެކްޓްރޯނިކްސް ހުރިހާ ސާމާނެއް އެއް ތަނަކުން ގަނެލުމަށްވެސް ނޮބެލް ފިހާރަ އަކީ އެންމެ ކަމުދާނެ އެއް ފިހާރަ އެވެ. އަގުތައް އެހާވެސް ރަނގަޅުވާނެ ކަމުގައި އެ ފިހާރައިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް