ނަދީމަށް އާއިލާ އާއި ބައްދަލު ކުރެވޭނީ މަހަކު އެއް ފަހަރު ކަމަށް އަންގައިފި

ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމަށް މީގެ ފަހުން އާއިލާ އާއި ބައްދަލު ކުރެވޭނީ މަހަކު އެއް ފަހަރު ކަމަށް އަންގައިފި އެވެ. އެކަން ޔުމްނާ ވަނީ ޓުވިޓާގައި ކަށަވަރުކޮށްދެއްވާފައި އެވެ. ޔުމްނާ ...

09 Apr 2018 | 03:15

ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމަށް މީގެ ފަހުން އާއިލާ އާއި ބައްދަލު ކުރެވޭނީ މަހަކު އެއް ފަހަރު ކަމަށް އަންގައިފި އެވެ.

އެކަން ޔުމްނާ ވަނީ ޓުވިޓާގައި ކަށަވަރުކޮށްދެއްވާފައި އެވެ. ޔުމްނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިމަހު އެއް ފަހަރު އާއިލީ ބައްދަލުވުން ބޭއްވިފައިވާ ކަމަށާއި އުންމީދުކޮށްގެން ތިބީ ވަރަށް އަވަހަށް ނަދީމް އާއި ބައްދަލު ވާނެ ކަމަށް ކަމަށެވެ.

އެކަމަކު ކަރެކްޝަންސްއިން ގުޅައި އިއްޔެއިން ފެށިގެން ނަދީމް އާއި ބައްދަލު ކުރެވޭނީ މަހަކު އެއް ފަހަރު ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ދެން ނަދީމް އަށް ދަރިފުޅު އަދި ޔުމްނާ އާއި ބައްދަލުވާނީ އަންނަ މަހު ކަމަށް އެކަމާ ހިތާމަފާޅުކޮށް ޔުމްނާ ވިދާޅުވެފައިވެ އެވެ.

https://twitter.com/yumna_maumoon/status/982979963329507330

ގައިދީންގެ އާއިލީ ބައްދަލުވުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ގަވައިދާ ހަވާލާދީ ޔުމްނާ ވިދާޅުވީ މަދުވެގެން މަހަކު އެއް ބައްދަލުވުން ދޭން ބުނެފައިވާ ކަމަށެވެ. އެހެން ކަމުން ކަރެކްޝަންސްއިން ބޭނުން ނަމަ އާއިލީ ބައްދަލުވުންތައް މަހެއްގެ ތެރޭގައި އިތުރަށް ދިނުމަށް ގަވައިދު ހުރަސް ނާޅާ ކަމަށެވެ.

މީގެ އިތުރުން މީގެ ކުރިންވެސް ޔުމްނާ ވިދާޅުވެފައިވާ ފަދައިން ނަދީމްގެ ކުށަކީ އެކަމަނާގެ ފިރިކަލުންނަށް ވުން ކަމަށް ވިދާޅުވެ އެކަން ތަކުރާރު ކުރައްވާފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެހެން ސިޔާސީ ބައެއް ފަރާތްތަކުގެ އާއިލާތަކަށްވެސް ވަނީ މި އެންގުން އަންގާފައި އެވެ. އެކަމަކު މިކަމާއި ގުޅޭގޮތުން ކަރެކްޝަންސް އިން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

މާފުށީ ޖަލުގައި ތިއްބެވި ބައެއް ސިޔާސީ ކުށްވެރިންނާއި ބައްދަލު ކުރުމުގައި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް އާއިލާތަކުން ދަނީ ބުނަމުންނެވެ. އެގޮތުން ހޮނިހިރު ދުވަހު އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގެ އާއިލާ އާއި އެކު ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވުންވެސް ވަނީ ވަކި ސަބަބެއް ނެތި ކެންސަލް ކޮށްލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް