އެއްކޮށް ޝޯއަށް ނާރަންވެގެން ރަންބީރާއި ދިޕިކާ މަކަރެއް ހެދީތަ!

ބޮލީވުޑްގެ ކުރީގެ ދެ ޖޯޑު ކަމަށްވާ ރަންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯން އެކުގައި އަރަން ހަމަޖެހިފައި އޮތް ފެޝަން ޝޯއެއް ފަހުވަގުތު ފަސް ކުރަން ޖެހިއްޖެ އެވެ. މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް މަޖްވާން ...

09 Apr 2018 | 02:25

ބޮލީވުޑްގެ ކުރީގެ ދެ ޖޯޑު ކަމަށްވާ ރަންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯން އެކުގައި އަރަން ހަމަޖެހިފައި އޮތް ފެޝަން ޝޯއެއް ފަހުވަގުތު ފަސް ކުރަން ޖެހިއްޖެ އެވެ.

މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް މަޖްވާން ފެޝަން ޝޯއަކީ މުމްބާއީގައި ބާއްވަން ހަމަޖެހިފައި އޮތް ވަރަށް ވަރުގަދަ ފެޝަން ޝޯއެކެވެ. އެ ފެޝަން ޝޯގައި ރަންބީރާއި ދީޕިކާ  ބައިވެރިވުމަށް ދިން ދައުވަތު ގަބޫލުކޮށްފައިވާއިރު އެ ދެ ތަރިން ސްޓޭޖު މަތީ ހިނގަން ހަމަޖެހިފައި އޮތީ އެކުގައި އެވެ.

އެކަމަކު ކުއްލިއަކަށް އެ ދެތަރިން އެކުގައި ބަލިވެގެން ޝޯއަށް ދެވެން ނެތްކަން އެންގީ އިއްޔެ އެވެ. އެކަމަކު ވީ ކޮންކަހަލަ ބައްޔެއް ކަމެއް ޝޯ އިންތިޒާމް ކުރާ ފަރާތަށްވެސް އަދި ދެ ތަރިންގެ ގާތް މީހުންނަށްވެސް ނޭނގެ އެވެ.

މިކަމާ ގުޅިގެން މަޖްވާން ފެޝަން ޝޯ އިންތިޒާމް ކުރާ ފަރާތުން ވަނީ އަންނަ ހަފްތާގައި ދީޕިކާ އާއި ރަންބީރު ޝޯގައި ބައިވެރިވާނެ ކަމަށް ބުނެ ފެޝަން ޝޯ ފަސްކޮށްފައި އެވެ.

ދެ ތަރިންގެ ސަޕޯޓަރުން ތިބީ މިފަދަ ދުވަހެއް އަންނާނެ ކަމުގެ އިންތިޒާރުގައި ކަމަށްވެ އެވެ. އެއީ ދީޕިކާ އާއި ރަންބީރު ރުޅިވިފަހުން ދެމީހުން އެކުގައި ފިލްމު ކުޅުމާއި މިފަދަ އިވެންޓުތަކުގައި ބައިވެރިވުން ވަނީ ހުއްޓާލާފައި އެވެ. އެކަމަކު މިދިޔަ ހަފްތާގައި ކަރަން ޖޯހަރު ބޭއްވި ޕާޓީއެއްގައި އެ ދެ ތަރިން އެކުގައި ލަވަޔަކަށް ނަށާ ވީޑިއޯއެއް އާންމު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް