އަނަންޔާ އުފަންވީވެސް އެކްޓަރަކަށް ވާން: ބައްޕަ ޗަންކީ

މިފަހަކަށް އައިސް ކޮމެޑީ ފިލްމުތަކުން ފެނިގެންދާ ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ ޕާންޑޭ އުފަންވީވެސް ފިލްމީ ތަރިއަކަށް ވާން ކަމަށް އޭނާ ބުނެފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އަނަންޔާ ވަނީ ކަ...

09 Apr 2018 | 02:00

މިފަހަކަށް އައިސް ކޮމެޑީ ފިލްމުތަކުން ފެނިގެންދާ ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ ޕާންޑޭ އުފަންވީވެސް ފިލްމީ ތަރިއަކަށް ވާން ކަމަށް އޭނާ ބުނެފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަނަންޔާ ވަނީ ކަރަން ޖޯހަރުގެ ކުރިޔަށް އޮތް ފިލްމު "ސްޓޫޑެންޓު އޮފް ދި އިޔާ 2" ގެ ލީޑް އެކްޓްރެސް އަށް ވުމަށް އޮޑިޝަންގައި ބައިވެރިވެ ސާރާ އަލީ ހާން އާއި ޖާންވީ ޕަކޫރަށްވުރެ މަތިން މާކްސް ހޯދާފައި އެވެ. އެހެންވެ ބެލެވިފައިވަނީ އެ ފިލްމުގައި ޓައިގާ ޝްރޮފް އާއި އެކު ފެނިގެންދާ އަންހެން އެކްޓްރެސް އަކީ އަނަންޔާ ކަމަށެވެ.

މިވާހަކަތައް އަދި އެއްވެސް މީހަކު ޔަގީން ނުކޮށްދޭއިރު އޭނާގެ ބައްޕަ ޗަންކީވެސް އެވާހަކަތަކާއި ގުޅިގެން އެއްޗެއް ނުބުނެ އެވެ. އެކަމަކު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އަނަންޔާ އުފަންވީ އެކްޓަރަކަށް ވާންކަމަށާއި އޭނާ އެކްޓަރަކަށް ނުވާނެ ނަމަ އުފަން ނުވީސް ކަމަށެވެ.

"ސްޓޫޑެންޓް އޮފް ދި އިޔާ 2" ގައި އަނަންޔާ ފެންނާނެކަން ޔަގީން ނުވިނަމަވެސް އެފަދަ ސިގްނަލްތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން އެ ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ އިންޑިއާގެ ދެހްރަދުން އަށް ދިއުމަށް އަނަންޔާ އެއާޕޯޓުގައި ހުއްޓަ ނޫސްވެރިންނަށް ވަނީ ފެނިފައި އެވެ. މި ދަތުރުގައި އޭނާ އާއި އެކު އެ ފިލްމުގެ ޑައިރެކްޓަރު ޕުނީތް މަލޯތްރާވެސް ބައިވެރިވި އެވެ.

އުމުރުން 19 އަހަރުގެ އަނަންޔާގެ އެންމެ ގާތް އެކުވެރިންނަކީ ޝާރުކް ހާންގެ ދަރިފުޅު ސުހާނާ ހާން އާއި ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ކަޕޫރެވެ. ބެލެވޭ ގޮތުގައި މި ތިން ކުދިންވެސް ކުރިޔަށް އޮތްތާ ބޮލީވުޑުން ފެންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް