ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޯވިޑް-19 (ކޮރޯނާ ވައިރަސް) އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ފެންނާނެ ފަދަ ހާއްސަ ވެބްސައިޓެއް ހެލްތު މިނިސްޓްރީން ތައާރަފްކޮށްފިއެވެ.
[contentcards url="https://covid19.health.gov.mv/"]
މި ވެބްސައިޓުން ކޮރޯނާ ވައިރަހުގެ ކަންކަމުގައި ރާއްޖެ މިހާރު އޮތް އެލާތް ލެވެލް އާއި އެ ލެވެލްގައި އާންމުން އަމަލުކުރަންވީ ގޮތާއި ކޮރޯނާ ވައިރަހުގެ އަލާމާތެއް ފެނިއްޖެ ނަމަ ގުޅަންވީ ނަމްބަރު ހިމަނާފައިވެއެވެ.
މީގެ ކޯވިޑުން ރައްކާތެރި ވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުތަކާއި އެންމެ ފަހުގެ ހަބަރާއި މައުލޫމާތުގެ އިތުރުން ކޯވިޑް-19ގެ ސްޓެޓިސްޓިކްސްތައްވެސް ފެންނަގޮތް ހަދާފައިވެއެވެ.
ކޮރޯނާ ވައިރަސް ރާއްޖެއިންވެސް ފެނި، ހަތަރު މީހަކު މި ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު އެންމެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ކަރަންޓީނު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް