ޖުމްހޫރީ ޕާޓީއަށް އެއްވެސް ގޮނޑިއެއް ދުލެއް ނުކުރާނަން: ޑީއާރުޕީ

ޑީއާރުޕީ އިން ޖޭޕީއަށް އެއްވެސް ގޮނޑިއެއް ދޫ ނުކުރާނެކަމުގައި، ޑީއާރުޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ. ޑީއާރުޕީއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، 7 މާރޗް 2019 ވީ ހުކުރުވިލޭރޭ ޕީޕަލްސް ...

09 Mar 2019 | 11:04

ޑީއާރުޕީ އިން ޖޭޕީއަށް އެއްވެސް ގޮނޑިއެއް ދޫ ނުކުރާނެކަމުގައި، ޑީއާރުޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ.

ޑީއާރުޕީއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، 7 މާރޗް 2019 ވީ ހުކުރުވިލޭރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ އާއި ޕްރޮގްރެސިވް ޕާޓީ އޮފް ދި މޯލްޑިވްސް ގެ ފަރާތުން ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްބަޔާނެއްގައި، ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ އިއުލާންކުރެއްވި މަޖިލިސް އިންތިހާބުގެ ލިސްޓުގައި، އެޕާޓީއިން ތާއިދުކުރާ މެމްބަރުންގެ ތެރޭގައި ޑީއާރުޕީގެ މެމްބަރުންގެ ނަން ނެތުމަކީ އޮޅުމެއްކަމުގައެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިން ބަންދުކުރުމުގެ އެއް ދުވަސް ކުރިން ވަނީ ޑީއާރުޕީ އިން ކުރިމަތިލާފައިބި ތިން ކެންޑިޑޭޓުންނަށް ތާއީދުކުރައްވާކަމަށް ބުނެފައެވެ. އަދި 6 ޑިސެމްބަރު 2018 ވަނަ ދުވަހު ވަނީ އެ ކެންޑިޑޭޓުންނަށް ތާއީދުކުރާކަމުގެ ލިޔުންވެސް ދީފައެވެ. ޑީއާރުޕީއިން ކުރިމަތިލާފައިވާ ތިން ދާއިރާއަކީ ކާށިދޫ ދާއިރާ، ގަލޮޅު އުތުރު ދާއިރާ އަދި ހެންވޭރު އުތުރު ދާއިރާއެވެ. މީގެތެރެއިން ހެންވޭރު އުތުރު ދާއިރާއަށް ވަނީ ޖޭޕީއިން ކެންޑިޑޭޓަކު ކުރިމަތިލާފައެވެ. ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލާފައިވަނީ އަލްހާން ފަހުމީއެވެ.

ނަމަވެސް ޕީޕީއެމްއިން 7 މާރޗް ވަނަ ދުވަހު ބުނެފައިވަނީ، ޖުމްހޫރީ ޕާޓީގެ 27 ދާއިރާއަކަށް ތާއީދުކުރަން ނިންމާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް