ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ އަތާއި ފައި ބިނދިއްޖެ

ފުވައްމުލަކުގައި ދެ ސައިކަލެއް ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ކަނާތު ފަޔާތް ކަނާތު އަތް ބިނދިފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މި އެކ...

09 Mar 2019 | 10:49

ފުވައްމުލަކުގައި ދެ ސައިކަލެއް ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ކަނާތު ފަޔާތް ކަނާތު އަތް ބިނދިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކު ސިޓީ ފުނާޑު ހައިވޭ، ރެސްޓު ކައިރިން ކަމަށެވެ.

އަތާއި ފައި ބިނދިފައިވަނީ ލަންކާ ރައްޔިތެއްގެ ކަމަށް ބުނެފައިވެއެވެ. ލަންކާ މީހާ އިނީ އިނީ އެއް ސައިކަލުގައި ކަމަށާއި އަނެއް ސައިކަލުގައި ތިބީ 18 އަހަރުގެ މީހަކާއި 24 މީހެއް ކަމަށް ބުނެފައިވެއެވެ. އަދި އެމީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް