ހުޅުމާލޭގައި ދިރިއުޅޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ ކައިރިޔަށް، ދޮރުން ދޮރުގެ ކެމްޕެއިން ހަރަކާތެއްގައި އެ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް، ހުސެއިން ސަގީފު ވަޑައިގަނެފިއެވެ.
މި ކެމްޕެއިން ހަރަކާތުގައި ސަގީފް ވަނީ ދާއިރާގެ ގިނަބަޔަކާ ބައްދަލުކޮށް، ދާއިރާގައި ކުރިމަތިވެފައިވާ މައްސަލަތަކާއި، އެކަންކަމަށް ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
"ތިލަދުންމަތީ ފިކުރު" ސްލޯގަންގައި ސަގީފް ކެމްޕެއިން ކުރަމުންދާއިރު، އޭނާ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ކެންޑިޑޭޓޭކެވެ. އޭނާ ވަނީ ދާދިފަހުން "ފިކުރު ކޮފީ" ގެ ނަމުގައި ވައިކަރަދޫ ދާއިރާގައި ހިމެނޭ ކުރިނބީ އަދި ނެއްލައިދޫ ޒުވާނުންނާވެސް ބައްދަލިކޮށް، އެމީހުންގެ ހިޔާލު ހުރިގޮތާއި މެދު މަޝްވަރާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް