ވަގުންނާ ގާނޫނޫ އަރައި ހަމަ ކުރާނެ:ރައީސް

ދައުލަތުގެ މާލިއްޔަތުން ހިޔާނާތާއި ވައްކަން ކުރި މީހުންނާމެދު ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި ސަރުކާރުން އަދުލްއިންސާފު ގާއިމު ކުރުމުގައި އެއްވެސް ވަރަކަށް ފަހަތައް ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔ...

09 Mar 2019 | 09:51

ދައުލަތުގެ މާލިއްޔަތުން ހިޔާނާތާއި ވައްކަން ކުރި މީހުންނާމެދު ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި ސަރުކާރުން އަދުލްއިންސާފު ގާއިމު ކުރުމުގައި އެއްވެސް ވަރަކަށް ފަހަތައް ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު އެ ގޮނޑި ފުރުއްވަމުން ގެންދަވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރޮޒައިނާ އާދަމްގެ ކެމްޕެއިން ރަސްމީކޮށް ފެއްޓުމަށްޓަކައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަމުވަމުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ދައުލަތުގެ މާލިއްޔާއިންނާއި މުދަލުން ހިޔާނާތްތަކާއި ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ މުދަލާއި ފައިސާއިން ބޮޑެތި ހިޔާނާތާއި ވައްކަން ކޮށްފައިވާ މައްސަލަތައް ބެލުމުގައި އެއްވެސް ވަރަކަށް ފަހަތަކަށް ނުޖެހޭނެ ކަމަށާއި އެއީ ކޮންމެ ބޭފުޅެއް ނަމަވެސް އެބޭފުޅަކާއި ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް