މިރޭ 12ގެ ފަހުން ހެލްމެޓު އެޅުން މަޖުބޫރު

މިރޭ 12 ގެ ފަހުން ހެލްމެޓު އެޅުން މަޖުބޫރުކަމަށް ޓްރާސްޕޯޓު މިނިސްޓްރީން ބުނެފިއެވެ. ހެލްމެޓު ނާޅައި ބްރިޖާއި ހައިވޭގައި ދުއްވާ މީހުން ހުއްޓުވުމުގެ މަސައްކަތް މިރޭ 12 ގެ ފަހުން ފުލުހުން ފަށާނެ ކަމަށް ...

09 Mar 2019 | 09:30

މިރޭ 12 ގެ ފަހުން ހެލްމެޓު އެޅުން މަޖުބޫރުކަމަށް ޓްރާސްޕޯޓު މިނިސްޓްރީން ބުނެފިއެވެ. ހެލްމެޓު ނާޅައި ބްރިޖާއި ހައިވޭގައި ދުއްވާ މީހުން ހުއްޓުވުމުގެ މަސައްކަތް މިރޭ 12 ގެ ފަހުން ފުލުހުން ފަށާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިރޭ 12ގެ ފަހުން ހެލްމެޓް ނާޅައި ދުއްވުމަކީ މަނާކަމެއް ކަމުގައިވީ ނަމަވެސް، ޖޫރިމަނާކޮށް ފިޔަވަޅުއަޅާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެއީ ހެލްމެޓުގައި ހުންނަންޖެހޭ މިންގަނޑުތަކާއި ހިލާފު ހެލްމެޓު ބައެއް މީހުން އަޅާތީ، އެކަންކަން ބަލާ އިސްލާހު ކުރަން ވަގުތު ދިނުމުގެ ގޮތުންކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހެލްމެޓު އެޅުމުގެ ގަވާއިދާ ހިލާފުވެއްޖެނަމަ 500 ރުފިޔާއިން ޖޫރިމަނާކުރާއިރު، ދެވަނަ ފަހަރަށް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ދެފަހަރަށްވުރެ ގިނައިން ގަވާއިދާ ހިލާފުވާނަމަ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

ހެލްމެޓު އަޅަން މަޖުބޫރުކުރީ 30 ކިލޯ މީޓަރަށްވުރެ ބާރަށް ސައިކަލު ދުއްވަންޖެހޭ މަގުތަކުގައެވެ. މީގެތެރޭގައި ބްރިޖްގެ އިތުރުން ރިންގް ރޯޑްވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް