ގެސްޓް ހައުސެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގަލޮޅުގައި ހުރި ގެސްޓް ހައުސެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއަތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ގަލޮޅުގައި ހުރި ގެސްޓް ހައުސެއްގެ ކޓަރިއަށް ވަނތް...

09 Mar 2019 | 08:16

ގަލޮޅުގައި ހުރި ގެސްޓް ހައުސެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއަތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ގަލޮޅުގައި ހުރި ގެސްޓް ހައުސެއްގެ ކޓަރިއަށް ވަނތް މީހަކު ނުނިކުމެގެން ރޭ 01:57 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން އެ ގެސްޓްހައުސަށް ގޮސް އެ ކޮޓަރިއަށްވަދެ ބެލި އިރު އެ ކޮޓަރީގައި އޮތް މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އެމީހާއަކީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށްވެސް ބުނެފައިވެއެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް