އައިޓީބީ ފެއާގައި ރާއްޖެއަށް ދެ އެވޯޑެއް ލިބިއްޖެ

ޖަރުމަނުވިލާތުގެ ބާލިންގައި މިހާރު ކުރިއަށްދާ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ އައިޓީބީ ފެއާގައި ރާއްޖެއަށް ދެ އެވޯޑެއް ލިބިއްޖެ އެވެ. ޑީއެސްއައި އިން ދިން މި ދެ އެވޯޑަކީ އެ ފެ...

09 Mar 2018 | 17:56

ޖަރުމަނުވިލާތުގެ ބާލިންގައި މިހާރު ކުރިއަށްދާ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ އައިޓީބީ ފެއާގައި ރާއްޖެއަށް ދެ އެވޯޑެއް ލިބިއްޖެ އެވެ.

ޑީއެސްއައި އިން ދިން މި ދެ އެވޯޑަކީ އެ ފެއާއަށް ޒިޔާރަތް ކުރި ފަރާތްތަކުގެ މެދުގައި ކުރިޔަށް ގެންދިޔަ ސާވޭއަކުން ދެއްކި ނަތީޖާއަށް ބަލައި ދިން އެވޯޑެކެވެ. އެ ދެ އެވޯޑާއި ހަވާލުވެ ވަޑައިގެންނެވީ ރާއްޖޭގެ ފަރާތުން އައިޓީބީގައި ތައްޔާރުކޮށްފައިވާ ސްޓޭންޑްގައި ބޭއްވި ރަސްމިއްޔާތެއްގަ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ.

ރާއްޖެއަށް ލިބިފައިވަނީ އެންމެ ގިނަ މީހުން ދަތުރުކުރަން ބޭނުންވާ އޭޝިއާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިފައި ވާތީ އާއި، އެންމެ ގިނަ މީހުން ޒިޔާރަތް ކުރަން ބޭނުންވާ "ބީޗް" ކެޓަގަރީގައި ހިމެނުމުން ލިބުނު ދެ އެވޯޑެވެ.

އެމްއެމްޕީއާރުސީން ބުނީ ބާލިން ގައި ކުރިއަށްދާ އައިޓީބީ ފެއާގައި މި އަހަރު ރާއްޖޭގެ 100 ކުންފުންޏަކުން 280 އަށްވުރެ ގިނަ މީހުން ބައިވެރިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް