ޓަގު ބޯޓެއް އެކްސިޑެންޓުވެ މީހަކަށް އަނިޔާވެއްޖެ

ކ. ބޮލިފުށީ ކައިރީގައި ހިއްކަމުން ދާ ސަރަހައްދުގެ ފަސްގަނޑުގައި ޓަގު ބޯޓެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު އަނިޔާވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ މެންދުރު ފަހު ...

09 Mar 2018 | 13:26

ކ. ބޮލިފުށީ ކައިރީގައި ހިއްކަމުން ދާ ސަރަހައްދުގެ ފަސްގަނޑުގައި ޓަގު ބޯޓެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ މެންދުރު ފަހު 3:00 ހާއިރު ކަމަށެވެ. މިހާދިސާގައި ބަނޑުން ޖަހާލީ "ލިއޯ ކޮމާންޑަރު" ނަމަކަށް ކިޔާ ޓަގު ބޯޓެކެވެ. އަނިޔާވި މީހާ މިހާރު ވަނީ މާލެ ގެނެސް ފަރުވާ ދޭން ފަށާފައި އެވެ.

އެކްސިޑެންޓު އިރު ޓަގު ބޯޓުގައި ހަތް މީހުން ތިތްބެވެ. އެއީ ތިން ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. އަނިޔާވެގެން ފަރުވާ ދެމުންދަނީ ބިދޭސީ އަކަށެވެ. އަނެއް ހަ މީހުން ވަނީ ފަތާފައި ކައިރީގައި އޮތް ފަސް ގަނޑަށް އަރާފައި އެވެ.

ޓަގު ބޯޓުގައި ތިބި މީހުންނާއި ހަވާލާދީ އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގަން މެދުވެރިވީ އެ ބޯޓުގައި ބާޖެއް ކަފުޖަހައިގެން އުޅުމުގެ ތެރޭގައި ފަސްގަނޑުގައި ޖެހިގެން ކަމަށެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދުގައި އެމްއެންޑީއެފް ޑައިވަރުން ހަރަކާތްތެރިވަމުން ދާއިރު މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް