އެސްއޯއީގެ ދަށުން ލެކިއުޓު މާޖިދު ހައްޔަރުކޮށްފި

ލެކިއުޓް ހިންގާ ކުންފުނި ލިންޓެލް އިންވެސްޓްމެންޓު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބދުލް މާޖިދު (ލެކިއުޓު މާޖިދު) ހައްޔަރު ކޮށްފި އެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން...

09 Mar 2018 | 06:28

ލެކިއުޓް ހިންގާ ކުންފުނި ލިންޓެލް އިންވެސްޓްމެންޓު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބދުލް މާޖިދު (ލެކިއުޓު މާޖިދު) ހައްޔަރު ކޮށްފި އެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރޭ އޮލިވްގާޑަން ރެސްޓޯރެއްޓުގައި އިންނަވަނިކޮށެވެ. އޭނާއަށް ކުރާ ތުހުމަތާއި ގުޅޭގޮތުން ފުލުހުން މިހާތަނަށް އެއްޗެއް ހާމައެއް ނުކުރެ އެވެ.

މާޖިދަކީ އިދިކޮޅު އެމްޑިޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ. މާޖިދުގެ އިތުރުން އިއްޔެ އެމްޑީޕީ އޮފީހުގައި ތިއްބަވަނިކޮށް ކުރީގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އަދި ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އަދި އެ ޕާޓީގެ އިސް އެކްޓިވިސްޓް ހުސެއިން އިލްހާމް ވަނީ ހައްޔަރު ކޮށްފައި އެވެ.

ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ ބޭފުޅުން ހައްޔަރު ކުރީ މާލެ ތެރޭގައި ރޯކޮށް ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ ތުހުމަތުގައި ކަމަށެވެ.

ރޭގެ ނިއުސް ކޮންފަރެންސްގައި ފުލުހުން ބުނެފައި ވަނީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު މަގުމަތިން ބަދަލު ކުރުމަށް ބަޔަކު މީހުން އިސް ނަގައިގެން މާލޭގެ އެކި ސަރަހައްދުތަކަށް އިއްޔެ އާއި މިރޭ އެއްވުމަށް ރާވަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް