މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ގެ އަހަރީ އާންމު ޖަލްސާގެ ތައްޔާރީތަކުގެ މައުލޫމާތު ހޯދުމަށް އެ ޖަމިއްޔާގެ އިސް ވަފުދެއް ރާއްޖެ ވަޑައިގެންނަވައިފި އެވެ.
އަންނަ ނޮވެމްބަރު މަހު ބާއްވާ މި ޖަލްސާ އާއި އެކު އެކީގައި ބޭންކް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ކޮންފަރެންސް އެއްވެސް އޮންނާނެ އެވެ. ބީއެމްއެލްއިން ބުނީ މިހާރު ޒިޔާރަތް ކުރައްވައިގެން އުޅޭ ވަފުދުން ވަނީ ޖަލްސާއަށް ވަމުންދާ ތައްޔާރީތަކުގެ ފުރިހަމަ މައުލާތު އޮޅުން ފިލުވާފަ އެވެ.
އަދި އެ ޓީމުން ވަނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ.
ބީއެމްއެލްއިން ބުނީ ނޮވެމްބަރު މަހު ބާއްވާ ކޮންަރެންސް މެދުވެރިކޯށް ބޭންކިން ދާއިރާގައި ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު އޭޝިއާގެ ބޭންކިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ދެވިގެންދާނެ ކަމަށެވެ. އަދި މި ކޮންފަރެންސްގައި ބައިނަލް އަގުވާމީ މާލީ ދާއިރާގެ މްޝަހޫރު ތަޖުރިބާ ކާރުން ވާހަކަ ދައްކަވާނެ ކަމަށް ބުނެ އެވެ.
މި ކޮންފަރެންސްގެ ޝިއާރަކަށް އަކަށް ކަނޑައަޅާފައިވަނީ އޭޝިއާގެ ބޭންކިންގ ކުރިމަގުގެ ތަސައްވުރެ އެވެ. މި ކޮންފަރެންސްގައި އޭޝިޔާގެ 25 ގައުމަކުން 80 މާލީ އިދާރާއެއްގެ 200 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް