އަނެއްކާވެސް ގައިދީންނަށް އަންނައުނު ފޮނުވޭގޮތަށް ހަމަޖައްސައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށް ބޭނުންވާ އަންނައުނު ފޮނުވޭނެ އިންތިޒާމް އަނެއްކާވެސް ހަމަޖައްސައިފި އެވެ. މި އިންތިޒާމު ހަމަޖައްސާފައި މިވަނީ ދެ އަހަރުގެ މެދުކެނޑު...

09 Feb 2020 | 15:35

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށް ބޭނުންވާ އަންނައުނު ފޮނުވޭނެ އިންތިޒާމް އަނެއްކާވެސް ހަމަޖައްސައިފި އެވެ.

މި އިންތިޒާމު ހަމަޖައްސާފައި މިވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެ އިންތިޒާމް މެދުކަނޑާލީ ގައިދީންނަށް އަންނައުނު ފޮނުވުމުގެ ނަމުގައި ފޮނުވާ ހެދުންތަކުގެ ތެރެއަށް ލައިގެން ޖަލަށް މަސްތުވާތަކެތި އެެތެރެކުރަން މަސައްކަތް ކުރުމުގެ މައްސަލަތައް ގިނަވާން ފެށުމުންނެވެ.

މިއަދު ކަރެކްޝަންސް އިން ބުނީ އަލުން މި ގަވައިދަށް އަމަލު ކުރަން ފެށިޔަސް އަންނައުނުގެ ގޮތުގައި ޖަލުތަކަށް ވެއްދޭނެ ތަކެއްޗާއި އަމަލު ކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް އައިސްފަ ނުވާނެ ކަމަށެވެ. އެކަމަކު އުސޫލުތަކާއި ހިލާފު އެއްޗެއް އަންނައުނާއި އެކު ވައްދައިފި ނަމަ ވަގުތުން ފުލުހުންނަށް އެ މައްސަލައެއް ހުށަހަޅާނެ ކަމަށެވެ.

ގައިދީންނަށް އަންނައުނު ފޮނުވޭނެ އިންތިޒާމް އަލުން ހަމަޖައްސާފައި މިވަނީ ޖަލުތައް އޮޑިޓް ކުރުމަށް ފަހު2019 ވަނަ އަހަރު ނެރުނު ރިޕޯޓުގައި މިކަން ފާހަގަކޮށްފަިއ ވަނިކޮށެވެ.

ގައިދީންނަށް އަންނައުނު ފޯރުކޮށްދިނުމުގެ ހިދުމަތް ހުއްޓާލީ2017 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް