ޖެންޑާ މިނިސްޓަރަކަށް އައިޝާ ދީދީ އައްޔަން ކުރައްވައިފި

މިނިސްޓާ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސްގެ މަގާމަށް އައިޝަތު މުހައްމަދު ދީދ،ީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ. އޭނާ ކުރިން ހުންނެވީ ރާއްޖެ އިން އިންޑިއާ ...

09 Feb 2020 | 11:32

މިނިސްޓާ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސްގެ މަގާމަށް އައިޝަތު މުހައްމަދު ދީދ،ީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

އޭނާ ކުރިން ހުންނެވީ ރާއްޖެ އިން އިންޑިއާ އަށް ކަނޑައެޅުއްވި ދިވެހި ސަފީރުގެ ގޮތުގަ އެވެ. އައިޝާ ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައިވެސް ޖެންޑާ މިނިސްޓަރުކަން ކުރައްވާފަ އެވެ.

ޖެންޑަ މިނިސްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައި މިވަނީ އެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފު މިދިޔަ ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

ޝިދާތާ އިސްތިއުވާ ދެއްވީ ކުދަކުދިންނަށް ޖިންސީ ގޯނާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމާޔަތް ކުރުމުގައި ޖެންޑާ މިނިސްޓްރީ ފެއިލްވެފައިވާކަމަށް ބުނެ ޝިދާތާގެ އިސްތިއުފާއަށް އެމްޑީޕީ މެންބަރުން ގޮވާލެއްވުމުންނެވެ.

ޝިދާތާ އެ މަގާމުގައި ހުންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި އެވެ. އެކަމަކު އެ މަގާމަށް އައިޝާ އައްޔަން ކުރެއްވީ ކޮން ޕާޓީއެއްގެ ސްލޮޓެއްގައި ކަމެއް ނޭނގެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް