ހިމަބިހި ޖެހިފައިވާ މީހަކު އަނެއްކާވެސް ފެނިއްޖެ

ނައްތާލިކަން އިއުލާނު ކުރިފަހުން އަނެއްކާވެސް ރާއްޖެއިން ފެނިފައިވާ ހިމަބިއްސށް އިތުރު މީހަކު ޕޮސިޓިވް ވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ ބުނީ އިއްޔެ ޓެސްޓު ކުރި މީހުންގެ ތެރެއިން އެކަކު އެ ބައ...

09 Feb 2020 | 09:35

ނައްތާލިކަން އިއުލާނު ކުރިފަހުން އަނެއްކާވެސް ރާއްޖެއިން ފެނިފައިވާ ހިމަބިއްސށް އިތުރު މީހަކު ޕޮސިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ ބުނީ އިއްޔެ ޓެސްޓު ކުރި މީހުންގެ ތެރެއިން އެކަކު އެ ބައްޔަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހާ އާއި އެކު މިހާތަނަށް ނުވަ މީހަކު ހިމަބިއްސަށް ޕޮސިޓިވްވެފައިވާ ކަމަށެވެ.

ހިމަބިހި އަނެއްކާވެސް ފެންނަމުންދާތީ އެޗްޕީއޭއިން ވަނީ މީސަލްސް ވެކްސިން ދޭން ފަށާފައި އެވެ. އަދި އާންމުކޮށް ދޭ ހަ މަހާއި18 މަހުގެ ވެކްސިން ޑޯޒުގެ އިތުރުން އިތުރު ޑޯޒެއް އެ އުމުރުގެ ކުދިންނަށް ވަނީ ދޭން ފަށާފައި އެވެ. އެއީ ހިމަބިހި ޖެހިއްޖެ ނަމަ އެންމެ ނުރައްކާތެރިކަން ބޮޑީ އެ އުމުރުގެ ކުދިންނަށް ވާތީ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މާލޭގެ އިތުރުން މުޅި ރާއްޖޭގައި މިހާރު ގެންދަނީ މީސަލްސް ވެކްސިން ޑޯޒް ހަމަ ނުކުރާ18 އަހަރުން ދަށުގެ ކުދިންނާއި އިތުރު ޑޯޒް ދިނުމުގެ ޕްރޮގްރާމެއް ހިންގަމުންނެވެ. އަދި ހިމަބިއްސާއި ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއްވެސް އެޗްޕީއޭއިން މުޅި ރާއްޖޭގައި ދަނީ ކުރިޔަށް ގެންދަމުނއް ނެވެ.

ހިމަބިއްސަށް ޓެސްޓު ކުރަމުންދަީ ބައްޔަށް ޕޮސިޓިވްވާ މީހުންނާއި އެކު އެއް މާހައުލެއްގައި އުޅޭ މީހުންނާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް