ކޮރޯނާ ވައިރަސްގައި ފުރަތަމަ ފަހަރަށް ޗައިނާ ނޫން ގައުމެއްގެ މީހަކު މަރުވެއްޖެ

ނުރައްކާތެރި ކޮރޯނާ ވައިރަސްގައި ފުރަތަމަ ފަހަރަށް ޗައިނާ ނޫން މީހަކު މަރުވެއްޖެ އެވެ. އެ ބަލީގައި މަރުވެފައިވަނީ ޗައިނާގެ ވޫހާންގައި އުޅެނިކޮށް ބަލި ޖެހުނު އެމެރިކާގެ60 އަހަރުގެ މީހަކަށެވެ. އެމީހާ އާ...

09 Feb 2020 | 08:51

ނުރައްކާތެރި ކޮރޯނާ ވައިރަސްގައި ފުރަތަމަ ފަހަރަށް ޗައިނާ ނޫން މީހަކު މަރުވެއްޖެ އެވެ.

އެ ބަލީގައި މަރުވެފައިވަނީ ޗައިނާގެ ވޫހާންގައި އުޅެނިކޮށް ބަލި ޖެހުނު އެމެރިކާގެ60 އަހަރުގެ މީހަކަށެވެ. އެމީހާ އާއި ގުޅޭ އިތުރު ތަފްސީލެއް ޗައިނާގައި ހުންނަ އެމެރިކާ އެމްބަސީން ހާމައެއް ނުކުރެ އެވެ.

މިހާތަނަށް މަރުވެފައިވަނީ ޗައިނާއިން ބޭރުގައި ދެމީހުންނެވެ. އެކަމަކު އެއީ ޗައިނާ ރައްޔިތުންނެވެ. ކޮރޯނާ ވައިރަސް ޗައިނާގެ އިތުރުން25 ށްވުރެ ގިނަ ގައުމުތަކުން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން99 ޕަސެންޓު މީހުންނަކީ ބަލި އުފަންވި ޗައިނާގެ ވޫހާން ސިޓީއަށް ދަތުރު ކޮށްފައިވާ މީހުންނެވެ.

އެމެރިކާ އާއި މެލޭޝިއާއިން ވަނީ ކޮރޯނާ ވައިރަސް އެ ގައުމުތަކުގައި ގައިން ގަޔަށް އަރަން ފަށާފައިވާކަން އިއުލާނުކޮށްފައި އެވެ. އެކަމަކު އެއީ ހަލުވިކަމާއެކު އެއް ނޫނެވެ.

މިހާތަނަށް މި ބަލީގައި811 މީހުން މަރުވެފައިވާއިރު37،198 މީހުންގެ ގައިން މި ބަލީގެ ވައިރަސް ފެނިފައިވާ ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް