މިއަހަރު ބާއްވާ ޔޫރޯ ފުޓުބޯޅަ މުބާރާތް ބަލަން ދިއުމުގެ ފުރުސަތު ލިބޭ ގޮތަށް ކޮކާ ކޯލާއިން ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައިފި އެވެ.
ކޮންމެ ހަފްތާއަކު ގުރުއަތު ނަގާގޮތަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން އިއްޔެ ވަނީ ދެ ނަސީބު ވެރިން ހޮވާފަ އެވެ. އެއީ ކޮންމެ ދުވަހަކު ހޮވާ ނަސީބު ވެރިއަކާއި ހަފްތާއަކު އެއްފަހަރު ހޮވާ ޔޫރޯ ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ނަސީބުވެރި އެކެވެ. އައިފޯން11 ލިބިފައިވަނީ VDRGHK ކޯޑުގެ ވެރިފަރާތެވެ. އަދި ޔޫރޯ ބަލާލަން ދިއުމުގެ ފުރުސަތަށް ހޮވުނީ SYMUXL ކޯޑުގެ ވެރިފަރާތެވެ. އޭނާއަށް އެ ދަތުރުގައި އިތުރު މީހަކު ގެންދެވޭނެ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިިވެވެނީ ކޯކުފުޅީގެ މަތިގަނޑުގައި އިންނަ ނަމްބަރު2626 އަށް އެސްއެމްއެސް ކޮށްގެން ނެވެ. މި ޕްރޮމޯޝަންގައި ގުރުއަތުން10 ފަރާތެއް ހޮވުމަށްފަހު އެ ފަރާތްތަކަށް އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ދޭނެ އެވެ.
މި ޕްރޮމޯޝަންގެ ތެރޭގައި ނަސީބްވެރި ފަރާތްތަކަށް އައިފޯން 11 އާއި އެލްއީޑީ އެޗްޑީ ޓީވީގެ އިތުރުން ޔޫރޯގެ އޮފިޝަލް ބޯޅަ ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކޮކާ ކޯލާއިން ވަނީ ބުނެފަ އެވެ.
މިފަހަރުގެ ޕްރޮމޯޝަންގެ ނަސީބުވެރިން ގެންދަން ހަމަޖެހިފައިވަނީ ޔޫރޯގެ ދެވަނަ ބުރުގެ މެޗެއް ބަލާލަންށެވެ. އެ މެޗު ކުޅޭނީ އަޔަލެންޑުގެ ޑަބްލިންގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް