ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްދޭ އެވޯޑޫ "ގޯލްޑް100" ގެ ޕްލެޓިނަމް ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖެހިއްޖެ އެވެ.
މިކަމުގެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ޑައިރެކްޓާ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް އެވެ. އަދި ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ މޯލްޑިވްސް ގެޓްއަވޭސްގެ ސީއީއޯ ސަނީ އުމަރެވެ.
މިއީ އެ ކުންފުނި މި އެވޯޑު ދިނުމުގައި ބައިވެރިވާ ހަތަރުވަނަ އަހަރެވެ. "ގޯލްޑް100" އެވޯޑަކީ ރާއްޖޭގެ ވިޔަފާރި އާއި މާލީ ދާއިރާގެ ހަބަރުތައް ގެނެސްދޭ ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ އެވޯޑެކެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ބީއެމްއެލްގެ ޑައިރެކްޓާ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ރާއްޖޭގެ ކުންފުނިތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެ ބޭންކުން އިތުރު ކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ ހަފްލާއެއްގެ ސްޕޮންސަރަކަށް ވެވުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ގޯލްޑް 100 އެވޯޑު ހަފްލާ ބޭއްވުމަށް ހަމޖެހިފައިވަނީ މިމަހު 25 ގަ އެވެ.
ބީއެމްއެލުން ވަނީ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން މިދިޔަ އަހަރު އައްޑޫ ސިޓީ އާއި ހުޅުމާލެ އަދި މާލޭގައި ތިން ބިޒްނަސް ސެންޓަރު ވެސް ހުޅުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް