ސޯޝަލް މީޑިއާގެ އެކުވެރިންނާއި ހެދި މާގިނައިން ކެވޭ!

ސޯޝަލް މީޑިއާގައި އުޅޭ އެކުވެރިންގެ ސަބަބުން ކެއުމަށް ހިތްވަރުލިބި މާގިނައިން ކެއުމުގެ އާދަ އަށަގަންނަކަން ދިރާސާއަކުން ހާމަވެއްޖެ އެވެ. އިނގިރޭސިވިލާތުގެ އޭސްޓޮން ޔުނިވާސިޓީގެ ލައިފް އެންޑް ހެލްތް ސަ...

09 Feb 2020 | 07:13

ސޯޝަލް މީޑިއާގައި އުޅޭ އެކުވެރިންގެ ސަބަބުން ކެއުމަށް ހިތްވަރުލިބި މާގިނައިން ކެއުމުގެ އާދަ އަށަގަންނަކަން ދިރާސާއަކުން ހާމަވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ އޭސްޓޮން ޔުނިވާސިޓީގެ ލައިފް އެންޑް ހެލްތް ސައިންސަސް ސްކޫލުން ކުރި ދިރާސާއެއްގައި ބައިވެރިވި ކުދިންގެ ޖަވާބުތަކަށް ބަލާ ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އެކަކަށްވުރެ އަނެކަކު ގިނައިން ކާން ނުވަތަ އެހެން ކުއްޖަކު ކާއެއްޗެއް ކާހިއްވެގެން ގަނެވޭގޮތް ވަނީ ސޯޝަލް މީޑިއާގެ ސަބަބުން ކަމަށެވެ. ބައެއް ކުދިން ބުނެފައިވާގޮތުގައި އެއީ އެކުދިންގެ ބަރުދަނަށް ބަލާއިރު ރަނގަޅު ކަމެއް ކަމަށެވެ. ހަށިގަނޑު މާބޮޑު ނުވަތަ ފަލަ ކުދިން ބުނެފައިވަނީ އެހެން ކުދިން ކާ ވީޑިއޯ ނުވަތަ ފޮޓޯ ފެނުމުން ކެވޭތީ ދެރަވާ ކަމަށެވެ.

ސޯޝަލް މީޑީއާ ނެޓްވޯކްތަކުގެ ތެރެއިން އެންމެ ނުރަގަޅު ކެއުމުގެ އާދަތައް ހަރުލަނީ ފޭސްބުކުން ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ. ގިނަ ބައިވެރިން ބުނެފައިވާގޮތުގައި ފޭސްބުކުން ފެންނަ ޕޯސްޓުތަކުގެ ސަބަބުން ގިނައިން ކާހިއްވަނީ ލުއިކާނާ އާއި ހަށިގަނޑަށް ގެއްލުން ލިބޭ ބުއިންތަކެވެ.

ބައެއް ބައިވެރިން ބުނެފައިވާގޮތުގައި ކައްކައިގެން ކާން ފޫހިވެފަ ތިބޭ ދުވަސްދުވަހު ސޯޝަލް މީޑީއާގެ ގްރޫޕުތަކުގައި ރަހުމަތްތެރިން ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ގޭގައި ކައްކައިގެން ކާ ވީޑިއޯއެއް ފެނިއްޖެ ނަމަ ކައްކަން ހިތްވަރު ލިބި އެ އެއްޗެއް ކާން ތައްޔާރު ކުރެވެ އެވެ. އަދި އާންމުކޮށް އެގޮތަށް ހިތްވަރު ލިބިގެން ގޭގަ ކައްކާ މީހުން ވީޑިއޯއިން ފެންނަ އެއްޗިއްސައްވުރެ ގިނަ ބާވަތްތައް ހިމަނައިގެން މޮޅު ކެއުމެއް ތައްޔާރު ކުރާކަން ފާހަގަވެ އެވެ.

މި ދިރާސާ ކުރި ސްކޫލުން ނިންމާފައިވަނީ ދެން ކުރިޔަށް ގެންދާ މިފަދަ ދިރާސާއެއްގައި މިގޮތަށް ކާމީހުންގެ ހަށިގަނޑުގެ ބަރުދަނަށް އަންނަ ބަދަލު ދެނެގަންނާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް