މާލޭގައި ދެ ބިދޭސީންގެ ދެމެދު މާރާމާރީ ހިންގައި ދެމީހުން ޒަހަމްވެއްޖެ އެވެ.
މި ހާދިސާ ހިނގީ މ. ކުނޫޒު ކައިރީގައި ކަމަށްވެ އެވެ. އެކަމަކު ހާދިސާ ހިނގިތަން ފުލުހުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.
އެކަމަކު ފުލުހުން ބުނީ މާފަންނުގައި މާރާމާރީ އެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެކަމުގެ ރިޕޯޓުކޮށްފައިވަނީ ހެނދުނު11:26 ހާއިރު އެވެ.
ފުލުހުން ބުނީ އިންޑިއާ ދެމީހުންގެ ދެމެދުގައި ހިންގި މި މާރާމާރީގައި ދެމީހުންވެސް ތޫނު އެއްޗެހި ބޭނުންކޮށްގެން ދެމީހުންނަށް ހަމަލާދީފައިވާ ކަމަށެވެ. އެ ދެމީހުންނަށް މިހާރު ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ދަނީ މިކަން ހިނގާދިޔަ ގޮތް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް