ކ. މާފުށީ މަގުމަތީގައި ނިވާކަން ކުޑަކޮށް ބިކިނީ ލައިގެން މަސްތުގެ ހާލުގައި އުޅުނު ފަތުރުވެރިޔަކު ހައްޔަރު ކުރީ ރަނގަޅަށް ކަމަށް ބުނެވެން ނެތްކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޓޫރިސްޓަކު ހައްޔަރު ކުރީ ގޯހުން ނޫންކަމަށް ދެކެވޭ ކަމީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހާލަތާިއ ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހުން އެރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އަދި ވިދާޅުވީ މިފަދަ އެންމެހާ ކަންކަމަކީ ރާއްޖޭގެ ރީތިނަން ހަރާބުވެ ޓޫރިސްޓު ވިޔަފާރިއަށް ނުހަނު ގެއްލުންވާނެ ކަންކަން ކަމަށެވެ.
https://twitter.com/MohamedNasheed/status/1226332915102969858
އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހުން އެރިކަމަށް ނަޝީދު ވިދާޅުވި އިރު އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ނިވާކަން ކުޑަކޮށް މަގުމަތީގައި ނޫޅެވޭނެ ކަން ބުނެދީ ނަސޭހަތް ދޭށެވެ. އެކަމަކު އެއަޑު ނާހާ އެ އަންހެން މީހާ ވަނީ ފުލުސް މީހާގެ އައިނުވެސް ދަމައިގެންފަ އެވެ.
ނަޝީދު ކުރައްވާ ޓުވީޓުތަކަށް މީހުންގެ ތާއީދު ލިބުނު ނަމަވެސް މި ޓުވީޓާއި ގުޅިގެން ހިޔާލުފާޅުކުރި އެންމެވެސް ވަނީ ފަތުރުވެރިޔާގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ. އަދި ރާއްޖޭގެ ގާނޫނުތަކަށް ފަތުރުވެރިން އިހުތިރާމް ކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެމްޑީޕީ ނޫން ޕާޓީތައް ވެރިކަމުގައި އޮތް އިރު ރައީސް ނަޝީދު އިސްވެ ހުންނަވާ އެމްޑީޕީން ރާއްޖޭގެ ޓޫރިޒަމް ބޯއިކޮޓް ކުރަން ގޮވި ވާހަތައް މީހުން ހިއްސާކޮށްފައިވެ އެވެ.
މި މައްސަލައިގަ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ ފުލުހުންގެ އަމަލު ގޯސްކަމަށް ވިދާޅުވެ މައާާފަށް އެދިވަޑައިގެންފަ އެވެ. އެކަމަކު ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ރޭ ވިދާޅުވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގައި އަމަލު ކުރީ މުޅިއަކުން ގޯސްކޮށޭޭ ދެންނެވެން ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް