މަގަށް ސަމާލުކަން ދީގެން ދުއްވަން ޓްރާންސްޕޯޓް މިނިސްޓްރީން އިލްތިމާސްކޮށްފި

މަޑު ދުވެއްޔެއްގައި މަގަށް ސަމާލުކަން ދީގެން ފަރުވާތެރިކަމާއި ެއެކީ ދުއްވަން ޓްރާންސްޕޯޓް މިނިސްޓްރީން ނަސޭހަތްތެރި ވެއްޖެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ބުނީ، ފަހަކަށް އައިސް މާލެއާއި ރާއްޖޭގެ...

09 Feb 2019 | 10:42

މަޑު ދުވެއްޔެއްގައި މަގަށް ސަމާލުކަން ދީގެން ފަރުވާތެރިކަމާއި ެއެކީ ދުއްވަން ޓްރާންސްޕޯޓް މިނިސްޓްރީން ނަސޭހަތްތެރި ވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ބުނީ، ފަހަކަށް އައިސް މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގަމުން އަންނަ އެކްސިޑިޑެންޓްތައް އިތުރުވެފައިވާތީއެވެ.

މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި އެކްސިޑެންޑްތައް ހިގަމުންދާތީވެ، ޓްރާންސްޕޯރޓް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ މަގަށް ސަމާލުކަންދީ ރައްކާތެރި ސްޕީޑްގައި ދުއްވަން ސަމާލުކަން ދެއްވުމަށެވެ.

މީގެ އިތުރުންވެސް އެޓްވީޓްގައި ބުނެފައިވާ ގޮތުގައި، ސީޓް ބެލްޓް، ހެލްމެޓް އަދި ކުޑަކުންދިން ކާރުގައި ގެންދާ ނަމަ ނޫނީ ސައިކަލްގައި ގެންދާ ނަމަ "ހާރނަސް" ބެލްޓް ބޭނުން ކުރުމަށް ސަމާލުކަންދިނުމަށް ޓްރާންސްޕޯރޓް މިނިސްޓްރީން ވަނީ އެދިފައެވެ.

https://twitter.com/TransportMV/status/1094133297620361217

އެކްސިޑެންޓްތައް މަދުކުރުމުގެ ގޮތުން މާލެއާ ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ހުރަސްކުރާ ދެ ފުރޮޅުލީ އުޅަނދު ތަކުގައި ދަތުރުކުރާ ފަރާތްތައް ހެލްމެޓް ބޭނުން ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މިދިޔަ އަހަރު އިލްތިމާސްކޮށްފިއެވެ.  ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައި މާޗް 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް ނާޅާ ބްރިޖް ހުރަސްކޮށް ދަތުރުކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް