ނިމިދިޔަ 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އުރީދޫ މޯލްޑިވްސް އަށް 148 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 148 މިލިއަން ރުފިޔާ ލިބިފައިވާކަން ހާމަކޮށްފައިވަނީ އާންމު ކޮށްފައިވާ އެ ކުންފުނީގެ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓްގައެވެ.
އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 148 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 115 މިލިއަން ރުފިޔާއާ އަޅާބަލާއިރު 28 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި އެ ކުއާޓަރުގައި ލިބިފައިވަނީ 481 މިލިޔަން ރުފިޔާއެވެ. އޭގެ ކުރީ ކުއާޓަރުގައި ލިބިފައިވަނީ 483 މިލިޔަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމުގެ ކުރީގެ އާމްދަނީއަކީ ހަތަރު ވަނަ ކުއާޓަރުގައި 175 މިލިއަން ރުފިޔާއެވެ. ކުރީ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ލިބިފައިވަނީ 138 މިލިއަން ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް