މިނިސްޓަރު ޢަލީ ވަޙީދު މިއަދު ބ. ހުޅުދޫ އާއި ގެމެންދޫއާއި ދެމެދު ފަތާނެ

ސުޒުކީ މެރިން ސްވިމް މޯލްޑިވްސް ބާ ބީ.އާރ ކްރޯލް 2019 ފަތާ ޓީމާއެކު ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު މިއަދު ބ. ހުޅުދުއާއި އެ އަތޮޅު ގެމެންދޫއާއި ދެމެދު ފަތާނެ ކަމުގައި ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށ...

09 Feb 2019 | 03:34

ސުޒުކީ މެރިން ސްވިމް މޯލްޑިވްސް ބާ ބީ.އާރ ކްރޯލް 2019 ފަތާ ޓީމާއެކު ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު މިއަދު ބ. ހުޅުދުއާއި އެ އަތޮޅު ގެމެންދޫއާއި ދެމެދު ފަތާނެ ކަމުގައި ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

" މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމަށްޓަކައި، ހަމައެދުވަހު ބ. ހުޅުދޫއިން ބ.ގެމެންދޫއަށް ފަތާ ޓީމުގައި މިނިސްޓަރު ޢަލީ ވަޙީދު ހިމެނިވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަން ދެންނެވީމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ނޫސްބަޔާނުގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމާއި، މިނިސްޓްރީ އޮފް އެންވަރަންމަންޓާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަދި ސްވިމް މޯލްޑިވްސް ގުޅިގެން ބ. އަތޮޅުގައި މިހާރު ކުރިއަށްދާ "ސުޒުކީ މެރިން ސްވިމް މޯލްޑިވްސް ބާ ބީ.އާރ ކްރޯލް 2019" ފެތުމުގެ ހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ބ. އަތޮޅަށް ދަތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މި ރަސްމިއްޔާތު އޮންނާނީ 2019 ފެބްރުއަރީ 9 ވާ ހޮނިހިރު ދުވަހު ހަވީރު ބ. ކެންދޫގައި ކަމަށެވެ.

https://twitter.com/ali20waheed/status/1094033151129612288

ސުޒުކީ މެރިން ސްވިމް މޯލްޑިވްސް ބާ ބީ.އާރ ކްރޯލް 2019 އަކީ ތިމާވެށީގެ މައްސަލަތަކަށް އާއްމުން ހޭލުންތެރި ކުރުވުމަށް މިދިޔަ ހޮނިހިރު ދުވަހު ފެށި ދިގު ފެތުމުގެ ހަރަކާތެކެވެ. އަށް ބައިވެރިންނާއެކު ކުރިއަށްދާ މި ފެތުމުގައި މިހާތަނަށް 30.5 ކިލޯ މީޓަރަށް ފަސް ދުވަހުން ފަތާފައިވެއެވެ. މިއަދު މި ފެތުން ނިންމާއިރު ޖުމުލަ 43.7 ކިލޯ މީޓަރަށް ފެތުމުގެ ބައިވެރިން ފަތާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް