ރާއްޖޭގައި ގާނޫނީ ހަމަތައް އިއާދަކޮށްދިނުމުގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަށް ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިކަމަށް ގޮވައިލެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައި އެވެ. އެ ޓްވީޓްގައި ގާސިމް ވިދާޅުވެފައިވަނީ ރާއްޖޭގައި ގާނޫނީ ބާރު ޕެރަލައިޒް ކޮށްލާފައިވާކަމަށާއި ކޮރަޕްޝަންގެ އަމަލުތައް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ކަމަށެވެ. ގާނޫނުގެ ބާރެއް ނެތް ކަމަށެވެ.
https://twitter.com/qasimibrahim/status/961917249723490306
"ރައްޔިތުންގެ އަސާސީ ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވޭ" ގާސިމްގެ ޓްވީތްގައި ވެ އެވެ.
https://twitter.com/qasimibrahim/status/961917563092520960
ގާސިމް ވިދާޅުވެފައިވަނީ ރާއްޖޭގައި ގާނޫނީ ހަމަތައް އިއާދަކޮށްދިނުމަށް ބައިނަލްއަގްވާމީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށާއި ނަމަވެސް އެކަން ކޮށްދިނުމަށް އެދެނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫނާރާނެ ފަދަ ގޮތަކަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް