އެމްޕީ އިލްހާމް އާއި ޝިނާން ހޯދަން އަނެއްކާވެސް އިއުލާނު ކޮށްފި

އެމްޕީ އަބްދުﷲ ޝިނާން އާއި އިލްހާމް އަހުމަދު ހޯދުމަށް ފުލުހުން އަނެއްކާވެސް އިއުލާނު ކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ މި ދެ މެމްބަރުން ހޯދަމުން އަންނަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤް ކ...

09 Feb 2018 | 11:41

އެމްޕީ އަބްދުﷲ ޝިނާން އާއި އިލްހާމް އަހުމަދު ހޯދުމަށް ފުލުހުން އަނެއްކާވެސް އިއުލާނު ކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ މި ދެ މެމްބަރުން ހޯދަމުން އަންނަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

"މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ މ.އަލިމަސްވާދީ، އަބްދުﷲ ސިނާން އާއި ގއ.ގެމަނަފުށި، އޯކިޑުމާގެ އިލްހާމް އަޙްމަދު އެވެ." ފުލުހުން ބުނެފައި ވެ އެވެ.

މި ދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު  9790048 އަށް ގުޅުއްވައި ޙިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް