މާފުށީ ޖަލާއި މާލޭ ޖަލުގައި ދާދި ފަހުން ހިނގައިދިޔަ ހަމަނުޖެހުންތަކާއި ޖަލުތަކުގެ ހާލަތު މިހާރު އޮތް ގޮތުގެ ހަގީގަތް ސަރުކާރާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފޮރުވަން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ޕޮރޮގްރެސިވް ކޯލިޝަނުން މިއަދު ބުނެފިއެވެ.
ޖަލުތަކުގެ ހާލަތާ ގުޅޭ ގޮތުން ސަރުކާރާއި ދައުލަތުގެ ކަމާ ބެހޭ އެކި މުއައްސަސާތަކުން ދައްކަމުންދާ ވާހަކަތަަކުގައި ދެކޮޅު ނުޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަވަމުންދާތީ އެއީ އެ ކަމުގެ ހަގީގަތް ފޮރުވައި އޮޅުވާލަން ކުރާ މަސައްކަތެއް ކަމުގައި އިދިކޮޅު ކޯލިޝަނުން ދެކޭ ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.
މާފުށީ ޖަލުގައި ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީންގެ ހާލަތާ މެދު ވެސް އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މުނާޒު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް