ވިޔަފާރިވެރިންނަށް ދަތިވާ ގޮތަށް ހުރި ގާނޫނުތަކަށް ބަދަލު ގެންނާނަން: ރައީސް

ރާއްޖޭގެ ވިޔަފާރިވެރިންނަށް ދަތިވެފައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާ...

09 Jan 2020 | 09:10

ރާއްޖޭގެ ވިޔަފާރިވެރިންނަށް ދަތިވެފައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ނ. ކެނދިކުޅުދޫގައި "މަސްޖިދުއްރަހްމަތު"ގެ ނަމުގައި އަޅުއްވައިދެއްވި މިސްކިތް ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަަކަފުޅުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިއްމު އެއް މަސައްކަތަކީ ވިޔަފާރިވެރިންނަށް ފުރުސަތުތައް ހުޅުވައިދީ މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރާއްޖޭގައި މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދައިދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ މިސްކިތެއް އެޅުއްވުމަށް ޝައުގުވެރިވެވަޑައިގެން މުހައްމަދު އުމަރު މަނިކު ސަރުކާރަށް ހުށަހެޅުއްވުމުން ކެނިދިކުޅުދޫގައި މި މިސްކިތް އަޅުއްވައިދެއްވީ ސަރުކާރުން އެގޮތަށް އެދިވަޑައިގަތުމުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި މިސަރުކާރުގެ ޕްލޭނެއް އެބައޮތް ކަމަށެވެ. އެ ޕްލޭނަކީ ވަކި ރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވެސް ވިދާޅުވި އެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް