ދަތުރުވެރިންގެ މާރުކޭޓްގެ ހަތަރު ފަންގިފިލާއަށް އަލުން އިމާރާތް ކުރުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
"ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓުން ވީހާ ވެސް ގިނަ ބަޔަކަށް ވިޔަފާރި ހިންގުމުގެ ފުރުސަތު ދިނުމަށްޓަކައި، ދަތުރުވެރިކަންގެ މާރުކޭޓު ހަތަރު ފަންގިފިލާއަށް ހެދުމަށާއި، އެސަރަހައްދުގައި ވެހިކަލްތައް ޕާކު ކުރެވޭ ގޮތަށް ޕާކިން ޒޯންތައް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ޝިފާ ވިދާޅުވީ މިހާރު ދަތުރުވެރިންގެ މާރުކޭޓް މަރާމާތުކުރާނެ ގޮތުގެ ކުރެހުން އެޗްޑީސީންގެ އެހީތެރިކަމާއެކު ކުރިއަށްދާ ކަމަށާއި، ފައިސާގެ ކަންކަން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއާއެކު ކުރިއަށްދާ ކަމަށެވެ.
މާރުކޭޓް ކޮމެޓީން ހަދާފައިވާ ސަރވޭއަށް އަލިއަޅުއްވާލައްވާ ޝިފާ ވިދާޅުވީ މިފާއިތުވެގެންދިޔަ ދުވަސްތަކުގައި މާރުކޭޓް 53 އިންސައްތަ ބޭނުންކުރަމުންދިޔައީ ބިދޭސީން ކަމަށެވެ.
މާރުކޭޓް ހަދާ ގޮތުގެ ކުރެހުންތައް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް