މިދިޔަ އަހަރު އިންދުނީ އޮށްތަކެއް ކަމަށާއި މިއަހަރުގެ ތެރޭގައި އޭގެ މޭވާ ފެނިގެންގޮސް، ކުޅިވަރުގެ ދާއިރާއިން ވެސް ބޮޑެތި ތަރައްގީތަކެއް ފެނިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ
"ރަން އަހަރު 2019" ގެ ނަމުގައި ޔޫތު މިނިސްޓްރީ އިން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ބެލުމަށް ފަހު އެކަންކަން ކޮށްދިނުމަށް ކަމަަށެވެ.
މަހުލޫފު ވިދާޅުވީ ރާއްޖޭގައި އެޅިގެންދާ ފުރަތަމަ އިންޑޯ ބާސްކެޓް ކޯޓު އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި އޭގެ އިތުރުން ފީފާ އިން ގަބޫލުކުރާ ފެންވަރުގެ 50 އެއްހޭ ފުޓުބޯޅަ ދަނޑު މިއަހަރު ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް ވެސް އުންމީދުކުރާ ކަމަށެވެ.
ނިމދިޔަ އަހަރު ލިބުނު ކާމިޔާބީތަކަށް އަލިއަޅުވާލަމުން މަހްލޫފް ވިދާޅުވީ، މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ވަރުގެ ކާމިޔާބީތަކެއް މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާއިން ލިބިފައިވާ ކަމަށާއި ޒުވާނުންނާއި މުޖުތަމައު ބާރުވެރި ކުރުމުގެ ދާއިރާއިން ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް