މަޑަވެލީގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައި ގެއެއްގެ ބޮޑުބައި އަނދައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ، ގދ. މަޑަވެލީ ނާރެސް ކިޔާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެ އަލިފާނުގެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ މިއަދު ހެނދުނު 8:20 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެގޭގެގެ 80 ޕަސަންޓު އަނދާފައިވާއިރު، އެގޭގެ 4 ކޮޓަރި އެއްކޮށް ވަނީ އަނދާފައި ކަމަށާއި އަދި 2 ކޮޓަރިއަކަށް ދުމުގެ އަސަރު ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.
އެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް