ވަކީލުން ދަރަޖަކުރާ ކޮމިޓީއަށް 3 މެންބަރުން ހޯދަނީ

އެކި މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުން ދަރަޖަ ކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ބާ ކައުންސިލުން ފުރުސަތު ހުޅުވާލައިފި އެވެ. ބާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ދަރަ...

09 Jan 2020 | 04:46

އެކި މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުން ދަރަޖަ ކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ބާ ކައުންސިލުން ފުރުސަތު ހުޅުވާލައިފި އެވެ.

ބާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ދަރަޖަކުރުމާގުޅޭ ކޮމިޓީގެ މެންބަރުގެ މަގާމަށް ތިން މީހަކު ބޭނުންވާ ކަމަށާއި އެ މީހެއްގައި ހުންނަން ޖެހޭ އަސާސީ ޝަރުތަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލަކަށްވުން ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު މެންދުރު 2:00 ގެ ކުރިން ބާ ކައުންސިލަށް ލިޔެކިޔުންތައް ހުށަހަޅުމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ވަކީލުން ދަރަޖަ ކުރުމުގެ ގަވާއިދު އެކުލަވާލައި، އެއަށް އަމަލު ކުރަން ފެށީ މިދިޔަ އަހަރު ޑިސެމްބަރު 31 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް