އިގްތިސާދު ކުރިއެރުވުމުގައި ފުލުހުންގެ ދައުރު މުހިންމު: ފިނޭންސް މިނިސްޓަރު

ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނައުމަށްޓަކައި ޤައުމުގައި ހަމަޖެހުން އޮތުމަކީ ކޮންމެހެން މުހިއްމުކަމެއްކަަމަށާއި އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ހަވާލުވެފައިވާ މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަމަށ...

09 Jan 2020 | 04:35

ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނައުމަށްޓަކައި ޤައުމުގައި ހަމަޖެހުން އޮތުމަކީ ކޮންމެހެން މުހިއްމުކަމެއްކަަމަށާއި އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ހަވާލުވެފައިވާ މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 31 ވަނަ ތަމްރީނު ކޯހުން ދަސްވެނިވި މީހުންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ދ. ވާނީގައި ބޭއްވި ޖަލްސާގައި އަމީރު ވިދާޅުވީ ރިސާޗް ދައްކާގޮތުން ރޫލް އޮފް ލޯ ވަރަށް ބޮޑަށް ޤާއިމްވެފަ އޮންނަ ޤައުމުތަކާއި ރޫލް އޮފް ލޯ ވަރަށް ދަށް ގައުމުތަކުގެ އިޤްތިސާދު ކުރިއަރާ މިންވަރުގައި އެވްރެޖްކޮށް 3 ޕަސަންޓު ދަށްކަމަށެވެ

އަމީރު ވިދާޅުވީ، މިދިޔަ އަހަރު ހިންގާފައިވާ، ފައިސާއާ ގުޅުން ހުރި ކުށްތައް ގިނަ ކަމަށެވެ. އެގޮތުން، ވައްކަމާއި ޗެކް ބައުންސް ވުމާއި ފޭރުމާއި ފޯޖަރީގެ އިތުރުން، ޓްރެފިކް ގަވައިދާ ހިލާފުވުމާއި މަސްތުވާތަކެއްޗާއި ގެވެށި އަނިޔާގެ 13،800 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންދުގައި މީހުން ބޭތިއްބުމާއި އެ ފަދަ މީހުން ރިހެބިލިޓޭޓް ކުރުމަށް މިދިޔަ އަހަރު އެކަނި ވެސް 400 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް