ލައިސަންސް އާއި ރައިޓްސް ނެތި ޗެނަލްތައް ބައެއް ރިސޯޓާއި ގެސްޓްހައުސްތަކުގައި ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލާގައި މިނިސްޓްރީ އޮފް ޓޫރިޒަމާއެކު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު މަޝްވަރާކޮށްފި އެވެ.
ބްރޯޑްކޮމް އިން ބުނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެވޭނީ އެ ކޮމިޝަނުން ލައިސަންސް ހޯދައިގެން ކަމަށާއި އެހެން ނަމަވެސް ގިނަ ރިސޯޓުތަކެއްގައި އެ ހިދުމަތް ލައިސަންސެއް ނެތި ދެމުންދާ ކަމަށެވެ.
ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ސަބަބުން ލައިސަންސް ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބޭކަން ވެސް ކޮމިޝަނުން ފާހަގަ ކުރި އެވެ.
ބޭރުގެ ޓީވީ ޗެނަލްތަކުގެ ރައިޓްސް ނެތި ރީބްރޯޑްކާސްޓް ކުރުމަކީ ބައިނަލްއަގުވާމީ ކޮޕީރައިޓްސްގެ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް