ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ގެ ޕާމަނެންޓު ސެކެޓްރީ އަކަށް އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ.ޝާފިޔާ ހަމަޖައްސައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން އެ މަގާމަށް ޝާފިޔާ ހަމަޖެއްސެވިއިރު އެނާ ހުންނެވީ ވަގުތީ ގޮތުން ފިޝަރީޒް މިނިސްޓްރީގެ ޕާމަނެންޓު ސެކެޓްރީގެ މަގާމުގައެވެ.
އެގްރިކަލްޗަރ ގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާއިރު ޝާފިޔާ ވަނީ ޕްލާންޓު ސައިންސްއިން ޕީއެޗްޑީ އަދި އެންވައިރްމެނޓް ބައިލޮޖީ އެނޑު އެގްރިކަލްޗަރ އިން ދަބަލް މާސަޓާސް ވެސް ހާސިލް ކުރައްވާފައެވެ.
13 އަހަރު ފިޝަރީޒް މިނިސްޓްރީގެ އެޒެކްޓިވް މަގާމްތައް އަދާކުރައްވާފައިވާ ޝާފިޔާ އަކީ 28 އަހަރު ސަރުކާރަށްވެސް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް