ނޮވެލްޓީ ޗާޕްހާނާގެ ވެރިޔާ އަދި މަޝްހޫރު ލިޔުންތެރިޔާ އަލީ ހުސެއިން އަވަހާރަވެއްޖެއެވެ.
އަލީ ހުސެއިން އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
އަލީ ހުސެއިން އަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ އަދި ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޗާޕު ކުރުމުގެ މަސައްކަތުގެ ތެރެއަށް އަލީ ހުސެއިން ވަދެވަޑައިގެންނެވީ މީގެ ފަންސާހަކަށް އަހަރު ކުރިންނެވެ.
އަލީ ހުސެއިން ވަނީ ދިވެހި އަދަބިއްޔާތާއި ތާރީހަށްވެސް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ.
ޗާޕުގެ މަސައްކަތް ތަރައްގީ ކުރުމުގެ ދާއިރާއިން އަލީ ހުސެއިން އަށް ސަރުޚާރުން އާއްމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމު 2003 ވަނަ އަހަރު ދެއްވާފައިވެއެވެ. އަދި ހިތްވަރު ދިނުމުގ އިނާމާއި މިނިވަން 25 ގެ އިނާމުވެސް އަލީ ހުސެއިން އަށް ލިބިލައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް