ޕީޕީއެމްއިން ވަކިވެއްޖައިން، ވަކި ޕާޓީއަކާއި ގުޅެން އަދި ނުނިންމަން: ޑރ. ޝަހީމް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގެންފައިވާނެ ކަމުގައި، ރިޔާސީ އިންތިހާބުގައި ޕީޕިއެމްގެ ކެނޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހ...

09 Jan 2019 | 05:35

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގެންފައިވާނެ ކަމުގައި، ރިޔާސީ އިންތިހާބުގައި ޕީޕިއެމްގެ ކެނޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ރޭ، ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. ޝަހީމް ވިދާޅުވީ ޕީޕީއެމް އާއި އޭރު ގުޅިވަޑައިގެންނެވީ ޔާމީންގެ ރަނިންމޭޓަކަށް އޭނާ އިހުތިޔާރު ކުރެއްވުމުން ކަމަށެވެ. އެ ޕާޓީއިން ވަކިވެވަޑައިގެންނެވީ މި ހަފްތާގައި ކަމަށާއި އެ ޕާޓީއިން ވަކިވެވަޑައިގަތީ އެއްވެސް ބަޔަކާ މައްސަލަޖެހިގެން ނޫން ކަމުގައި ޝަހީމް ވިދާޅުވިއެވެ. އަދި ބޭނުންފުޅުވަނީ ސިޔާސީ މަސައްކަތާއި ދުވަސްކޮޅަކަށް ދުރަށްޖެހިލަން ކަމުގައިވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ދެ ދުވަހެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެ ކަމަށާއި އެއީ އޯގައިނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) އިން ލިބިވަޑައިގެންފައިވާ މަގާމާ ހަވާލުވެވަޑައިގަތުމަށް ކަމަށެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ނޭޝަނަލް ރިފޯމް ޕާޓީއަށް ގުޅިވަޑައިގަންނަވަން ދައުވަތު ލިބިވަޑައިގެންނެވި ކަމަށާއި ނަމަވެސް އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އެ ޕާޓީއަކީ ޝަހީމްގެ އަރިސް ބޭފުޅެއް ކަމުގައިވާ މުހައްމަދު ދީދީ އުފައްދަވާފައިވާ ޕާޓީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް