ހުރިހާ ސްކޫލްތަކަށް ޓީޗަރުން ހަމަވެއްޖެ: މިނިސްޓަރު

ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭއިރު ސުކޫލުތަކަށް ކިޔަވަދޭނެ ޓީޗަރުން ހަމަވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢައިޝަތު އަލީ ރޭ ވިދާޅުވެއްޖެއެވެ. ސީއެންއެމ...

09 Jan 2019 | 05:24

ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭއިރު ސުކޫލުތަކަށް ކިޔަވަދޭނެ ޓީޗަރުން ހަމަވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢައިޝަތު އަލީ ރޭ ވިދާޅުވެއްޖެއެވެ.

ސީއެންއެމް އަންލައިން ނޫހަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ޑރ. އައިޝަތު ވިދާޅުވީ، ހުރިހާ ސުކޫލަކަށް ޓީޗަރުން ހަމަޖެހިފައިވާއިރު، ސުކޫލު ހުޅުވެން ވާއިރަށް ހުރިހާ ޓީޗަރުންވެސް ސުކޫލުތަކާ ގުޅޭނެ ކަމަށާއި، ބޭރުގެ ޓީޗަރުންވެސް ރާއްޖެ އަންނަން ފަށައިފައިވާ ކަމަށެވެ.

މިނިސްޓްރީއިން މިއަހަރު ކަނޑަ އަޅުއްވާފައިވާ ގޮތަށް ސުކޫލު ހުޅުވޭދުވަހު ދަރިވަރުންނަށް ޓެކްސްޓު ފޮތްތައް ދޫކޮށް ނިންމާލެވޭނެ ކަމަށާއި، ބައެއް ކުދިންނަށް މިހާރުވެސް ޓެކްސްޓު ފޮތްތައް ދޫކޮށް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އާދިއްތަ ދުވަހު ސުކޫލުތައް ހުޅުވިގެން ދާއިރު، ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުމުގެ ގޮތުން "ޕައިލެޓް" ޕްރޮގުރާމުގެ ދަށުން 25 ސުކޫލެއްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭނެ ކަމަށާއި، ދެވަނަ ޓާރމުން ފެށިގެން ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ދަރިވަރުންނަށް ވެސް ހެނދުނުގެ ނާސްތާ ދޭން ފަށާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް