މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ.
މި އެލާޓް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެފައިވަނީ މިއަދު ހެނދުނު 08:50 ގައެވެ.
މި އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ މިއަދު ހެނދުނު 09:30 އިން މެންދުރު 14:30 އާއި ހަމަށް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.
މިއަދު ހަވީރު 06:00 އާއި ހަމައަށް މުޅި ރާއްޖެއަށް މޫސުން ލަފާކުރެވޭގޮތް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާއިރު ބުނެފައިވަނީ އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
ވައި ޖެހޭނީ އިރު އުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށް ބުނެފައިވާއިރު މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް