ގދ ހޯޑެއްދޫގައި ފެނަކައިން ހިންގާ އިންޖީނުގޭގެ ތިޖޫރި ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާއިރު އެ މައްސަލައިގާ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން، އުމުރުން 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން ގެއްލުނު ތިޖޫރި ހޯދަމުން ދަނިކޮށް އެ ރަށު، ކުޅި ސަރަހައްދުން އެ ތިޖޫރި ވަނީ ފެނިފައި އެވެ. އެ ތިޖޫރި ގެއްލުނު އިރު 43 ހާސް ރުފިޔާ ހުންނާނެ ކަމަށް ބުނެފައިވާއިރު ތިޖޫރި ފެނުނު އިރު އޭގައި ހުރީ ވަކިލާރިކޮޅެއް އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް