ރައީސް މައުމޫންގެ ސެކިއުރިޓީ ކުއްލިއަކަށް ވަރުގަދަކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގޭގައި ސެކިއުރިޓީ ވަރުގަދަކޮށް، އެގެއަށް ވަންނަ މީހުންގެ ނަން، ސިފައިން ނޯޓު ކުރަން ފަށައިފި އެވެ. ދުވަހަށް މައުލޫމާތު ދެމުން، ރައީސް މައުމޫންގެ އަ...

09 Jan 2018 | 06:08

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގޭގައި ސެކިއުރިޓީ ވަރުގަދަކޮށް، އެގެއަށް ވަންނަ މީހުންގެ ނަން، ސިފައިން ނޯޓު ކުރަން ފަށައިފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން، ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ވިދާޅުވީ ސިފައިން ފޯރި މަރަމުން އަންނަނީ އެންދެރިމާގެ އެތެރޭގައި ގާއިމްކޮށްފައިހުރި ޗެކްޕޯސްޓްގެ ތެރޭގައި އެވެ. އަދި ސިފައިން، ރައީސް މައުމޫންގެ ސެކިއުރިޓީ ވަރުގަދަކޮށްފައިމިވަނީ ރައީސް މައުމޫންގެ ހަށިކޮޅަށް ގެއްލުންދޭން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

މިކަމާއިގުޅިގެން އެމްއެންޑީއެފްގެ ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ.

ރައީސް މައުމޫންގެ ސެކިއުރިޓީ، ރެއިން ފެށިގެން ވަރުގަދަކޮށްފައިވާއިރު ރައީސް މައުމޫންގެ ސެކިއުރިޓީ މީގެ ކުރިން ވަނީ ދަށްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް