ޓޮޔޯޓާ ކުންފުނީގެ އައު އުފެެއްދުމަކީ އީ-ޕެލެޓް – މިއީ ޑްރައިވަރަކާ ނުލާ ދުއްވާ ފިހާރަތަކެއް !

އެމެރިކާގެ ލަސް ވެގަސް ގައި ކޮންމެ އަހަރެއްގެ ޖަނަވަރީ  މަހުގެ ނުވަޔަކުން 12 އަށް ކުރިއަށްދާ ކޮންޒިއުމަރ އިލެކްޓްރޯނިކް ޝޯ (ސީއީއެސް)ގައި ޓޮޔޯޓޯ އިން އެ ކުންފުނީގެ އެންމެ ފަހުގެ އައު އުފެއްދުން ދައްކާ...

09 Jan 2018 | 06:01

އެމެރިކާގެ ލަސް ވެގަސް ގައި ކޮންމެ އަހަރެއްގެ ޖަނަވަރީ  މަހުގެ ނުވަޔަކުން 12 އަށް ކުރިއަށްދާ ކޮންޒިއުމަރ އިލެކްޓްރޯނިކް ޝޯ (ސީއީއެސް)ގައި ޓޮޔޯޓޯ އިން އެ ކުންފުނީގެ އެންމެ ފަހުގެ އައު އުފެއްދުން ދައްކާލައިފި އެވެ.

އީ ޕެލެޓް ނަމަކަށް ކިޔާ މި އުފެއްދުމަކީ ފިހާރައެއްގެ ގޮތުގައި ނުވަޔަ ގާޑިއަލެއްގެ ގޮތުގައި ބޭނުންކޮށްލެވޭ، ޑްރައިވަރަކާނުލާ ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުފެއްދުކެވެ.

މި އުފެއްދުމުގެ އައިޑިއަލް އަކީ ޕިއްޒާ ޝޮޕްތަކާއި، ބޫޓު ވިއްކާ ސްޓޯލްތައް ފަދަ ތަންތަނެވެ.

މި އުފެއްދުން ދައްކައިލަމުން އެކުންފުނީގެ ރައީސް އަކިއޯ ޓޮޔޯޑާ ބުނެފައިވަނީ މިއީ ވަރަށް ގިނަ ބޭނުންތަކަށް ބޭނުންކުރެވިދާނެ އުފެއްދުމެއް ކަމަށެވެ. އަދި މި އުފެއްދުން 2020 ވަނަ އަހަރު މާކެޓަށް ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް