ތަފާސް ހިސާބުތަކުން ދައްކާގޮތުންނަމަ ރާއްޖޭގައި، ލައިފް އެކްސްޕެކްޓެންސީ އަކީ 76 އަހަރެވެ. ސައުދީ އަރަބިއްޔާގައި ނަމަ 74 އަހަރެވެ. ނަމަވެސް މިދިޔަ ހަފްތާގައި ނިޔާވި، ޝެއިޚް އަލީ އަލް އަލަކްމީ، ނިޔާވި އިރު އޭނާގެ އުމުރަކީ 146 އަހަރެވެ. މިހާ ގިނަ ދުވަހު އޭނާ ދުނިޔޭގައި ހުރުމުގެ ސިއްރުތަކެއް ވާކަމުގައި އޭނާގެ އާއިލާ މެމްބަރުން މިވަނީ ހާމަކޮށްފައި އެވެ.
އޭނާގެ އާއިލާ މެމްބަރުން މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރަމުން ބުނެފައިވަނީ ޝެއިޚް އަލީ ނިޔާވި އިރުވެސް ބަލި އެނދުގައި ނުއޮންނަ ކަމަށާއި ތަންތަނަށް ދާނީ މުޅިންވެސް ހިނގާފައި ކަމަށެވެ. ދުއްވާ ތަކެއްޗަށްވެސް ނާރާނެ ކަމަށެވެ. އަދި އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔައީވެސް ފައިމަގުގައި ކަމަށް އާއިލާއިން ބުނެފައި ވެ އެވެ.
މީގެ އިތުރުން ޝެއިޚް އަލީ އަބަދުވެސް ކީރިތި ޤުރުއާން އެކުގައި ގެންގުޅޭ ކަމަށާއި، ކެއުން ބުއިމުގައި މުޅިންވެސް ބޭނުންކުރީ އާއިލާގެ ދަނޑުފަގު ތަކުން ހައްދާ ތަކެތި ކަމުގައި އެވެ. އަދި ތައްޔާރުކުރި މަސް އެއްގޮތަކަށްވެސް ބޭނުން ނުކުރާ ކަމުގައިވެސް ބުނެފައި ވެ އެވެ.
ޝެއިޚް އަލީގެ ދިރިއުޅުމުން އަހަރެމެން ދިވެހިންނަށް އިބުރަތްތަކެއް ހާސިލު ކުރެވިދާނެ އެވެ. އެއީ ގިނައިން ހިނގާބިނގާވެ އުޅުމާއި ދީންމަތީގައި ފުރިހަމައަށް ދެމި ހުރުމެވެ. އަދި ތައްޔާރީ ކެއުންތަކުގެ ބަދަލުގައި ތާޒާ ކާނާއާއި މޭވާ ހިޔާރު ކުރުމެވެ. އަދި ކީރިތު ޤުރުއާނުގައި ހިފައި އޭގައި އެންގެވި ގޮތަށް ދިރިއުޅުން ބައްޓަން ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް