ސޯޓު ތެރެއިން ބަނގުރާ ދެ ފުޅި ފެނިގެން ތުޅާދޫ މީހަކު ހައްޔަރުކޮށްފި

ބ. ތުޅާދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ތުޅާދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި...

09 Jan 2018 | 05:26

ބ. ތުޅާދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތުޅާދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ ބ. އަތޮޅުގައި އޮންނަ ރިސޯޓަކުން ތުޅާދޫއަށް އައި ތަނުން ޖެނުއަރީ 7 ވަނަ ދުވަހުގެރޭ 10:00 ހާއިރުއެވެ. މިމީހާ ހުއްޓުވައި ތުޅާދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ސޯޓުތެރެއަށް ޖަހާފައިވަނިކޮށް ބަނގުރާ ދެ ފުޅި ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް