ސީރިޔާގެ ދާހިލީ ހަނގުރާމައިގާ އެގައުމުގެ އަސްކަރިއްޔާ އާއި ރަޝިޔާއިން ގުޅިގެން ދިން ވައިގެ ހަމަލާތަކެއްގައި 21 މީހަކު މަރުވެއްޖެ އެވެ. އޭގެ ތެރޭގައި ކުޑަ އަށް ކުއްޖަކު ހިމެނޭ ކަމުގައި ރިޕޯޓް ކޮށްފައި ވެ އެވެ.
ވައިގެ މި ހަމަލާ ދީފައިވަނީ ސީރިޔާގެ ހުޅަނގު ދެކުނު ޕްރޮވިންސެއް ކަމުގައިވާ އިދުލީބަށް އަމާޒުކޮށެވެ.
މި ހަމަލާއަކީ އިދުލީބުގައި ފިލައިގެން އުޅޭ ހަނގުރާމަވެރިންނަށް އަމާޒުކޮށް ދިން ހަމަލާއެއްކަމުގައި ބުނެފައިވާއިރު މަރުވި މީހުންގެ ތެރޭގައި ގިނައީ އާންމު ރައްޔިތުން ކަމުގައި ދަ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރަައިޓްސް އިން ވަނީ ބުނެފައި ވެ އެވެ.
ދަ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އަކީ ސީރިޔާގެ ދާހިލީ ހަނގުރާމައިގެ ކަންކަން ގާތުން މޮޓިނަރ ކުރަމުން އަންނަ ޖަމާއަތެކެވެ.
ސީރިޔާގެ ދާހިލީ ހަނގުރާމައަށް ހަ އަހަރު ފުރިފައިވާއިރު މި ހަނގުރާމައަކީ ވެރިކަމުގައި ހުންނެވި ބައްސާރުލް އަސަދުގެ އަސްކަރިއްޔާ އާއި ބައްސާރުލް އަސަދަށް ވާގިވެރިވާ ފަރާތްތަކާއި، ބައްސާރުލް އަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައެކެވެ. މި ހަނގުރާމައިގާ ތިން ލައްކައަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް