ބެލް ހެލިކޮޕްޓަރ ކުންފުނިން، އުފެއްދުމުގެ މަސައްކަތް ކުރިއަށްގެންދާ "އުދުހޭ ޓެކްސީ"ގެ ބައެއް ދައްކާލައިފި އެވެ. ދައްކާލާފައިވަނީ އެ ޓެކްސީގެ ކެބިން ބައެވެ.
ބެލް ހެލިކޮޕްޓަރުން މި ބައި ދައްކާލާފައިވަނީ ލަސް ވެގަސް ގައި މިހާރު ކުރިއަށްދާ "ކަންޒިއުމާ އިލެކްޓްރޯނިކް ޝޯ" (ސީއީއެސް)ގައި އެވެ.
އެ ކުންފުނިން ބުނެފައިވަނީ މި ޓެކްސީގެ ރޯޓަރު ބަޔާއި އިތުރު ބައިތައް ފުރިހަމަ ކުރުމަށްފަހު ކައިރި މުސްތަގްބަލެއްގައި ދައްކާލާނެ ކަމަށެވެ.
މި އުފެއްދުމުގެ ޓެސްޓް އުދުހުންތައް ފެށޭނެ ކަމަށް ލަފާ ކުރަނީ 2020 ވަނަ އަހަރުގައި އެވެ.
ކަންޒިއުމާ އިލެކްޓްރޯނިކް ޝޯ އަކީ ކޮންމެ އަހަރެއްގެ ޖަނަވަރީ ނުވަޔަކުން 12 އަށް ކުރިއަށްގެންދާ ޝޯ އެކެވެ. މި ޝޯގައި ބޮޑެތި ކުންފުނިތަކުން އެ ކުންފުނިތަކުގެ އުފެއްދުންތައް ދައްކާލަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް