ގޯ ޕްރޯ ޑްރޯން އުފެއްދުން ހުއްޓާލައިފި

ގޯ ޕްރޯ ކުންފުނިން ޑްރޯން އުފެއްދުން ހުއްޓާލިކަން އިއުލާނު ކޮށްފި އެވެ. ގޯޕްރޯ ކުންފުނިން މިކަން އިއުލާނު ކޮށްފައިވަނީ އެ ކުންފުނިން އިއްޔެ އާންމުކުރި އަހަރީ ރިޕޯޓްގައި އެވެ. އެ ރިޕޯޓްގައި ބުނެފައިވަނ...

09 Jan 2018 | 00:58

ގޯ ޕްރޯ ކުންފުނިން ޑްރޯން އުފެއްދުން ހުއްޓާލިކަން އިއުލާނު ކޮށްފި އެވެ.

ގޯޕްރޯ ކުންފުނިން މިކަން އިއުލާނު ކޮށްފައިވަނީ އެ ކުންފުނިން އިއްޔެ އާންމުކުރި އަހަރީ ރިޕޯޓްގައި އެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ "ކަރްމާ" ޑްރޯން އަށްފަހު ދެން އެ ކުންފުނިން އިތުރު ޑްރޯން އެއް ނުއުފައްދާނެ ކަމަށެވެ. ކަރްމާ ޑްރޯން އެ ކުންފުނިން އެންމެ ފުރަތަމަ ލޯންޗު ކުރީ 2016ގައި އެވެ. ގާތްގަނޑަކަށް 800 ޑޮލަރަށް ވިއްކަންފެށި ކަރްމާ ޑްރޯންއަށް ބޮޑު މައްސަލައެއް ދިމާވެގެން އެ ޑްރޯންތައް އެ ކުންފުންޏަށް އަނބުރާ ނަގަން ޖެހުނެވެ. އެ ކަމުގައި އެ ކުންފުންޏަށް 2016 ވަނަ އަހަރު 373 މިލިޔަން ޑޮލަރުގެ ގެއްލުން ވެފައިވާކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.

އެ ކުންފުނިން ބުނެފައިވަނީ ގޯޕްރޯ ކެމެރާ އުފެއްދުން ކުރިއަށްދާނެ ކަމަށާއި އެހެންނަމަވެސް ޑްރޯން އުފެއްދުން މިހާހިސާބުން ނިމުނީ ކަމަށެވެ. އަދި 2018 އާއި އެ ކުންފުނި ކުރިމަތިލަނީ ޕްލޭންތަކަކާއި އެކުގައި ކަމަށާއި މި އަހަރު ކުންފުންޏަށް ފައިދާވުން ގާތް ކަމަށެވެ.

ގޯޕްރޯ ކުންފުނިން ޑްރޯން އުފެއްދުން ހުއްޓާލިކަން އިއުލާނު ކޮށްފައިވާއިރު ޑްރޯން ޑިޕާޓްމެންޓުގެ ހާހަކަށްވުރެ ގިނަ މުވައްޒަފުން، އެ ކުންފުނިން ވަނީ، ވަޒީފާއިން ވަކި ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް